logo
ޗާގޯސް: ސެޓެލައިޓް އިމޭޖް

ޗާގޯސް: ސެޓެލައިޓް އިމޭޖް

ޗާގޯސް މައްސަލަ އާއި ގުޅިގެން މޮރިސަސް އިން އިނގިރޭސި ވިލާތާއި ދެކޮޅަށް ދައުވާ ކުރަނީ

profile

ރިޟްވާން މޫސާ - 19 ނޮވެމްބަރު 2026 - 12:19

މި އަހަރު ނިމުމުގެ ކުރިން ޗާގޯސް ޖަޒީރާގެ ކޮންޓްރޯލް އެ ގައުމާ ހަވާލުނުކޮށްފިނަމަ، އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ގޮތުން ދައުވާކުރަން ތައްޔާރަށް އޮތް ކަމަށް މޮރިޝަސް ސަރުކާރުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށާއި، ޗާގޯސްގެ މިލްކުވެރިންކަން ވެސް އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެ އަށް ކަމަށް ބުނެ ދިވެހި ސަރުކާރުން ވެސް ދަނީ ޗާގޯސް ހޯދުމަށްޓަކައި ވަކާލާތު ކުރަމުންނެވެ.

މިހާރު ޗާގޯސްގެ މިލްކުވެރިކަން އޮންނަނީ އިނގިރޭސި ވިލާތުގެ ބެލުމުގެ ދަށުގަ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ރާމްގޫލަމް ވިދާޅުވީ، އިނގިރޭސި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ލަސްވަމުންދާތީ، އެ ގައުމާ ދެކޮޅަށް ދައުވާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.

އަދި ލަންޑަނުގައި ތިއްބެވި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމަކާ ބައްދަލުކުރައްވައި، މޮރިޝަސްއަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިދޭ ހުރިހާ ފުރުސަތުތަކެއް ދިރާސާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާމްގޫލަމް އިތުރަށް ވިދާޅުވީ، މޮރިޝަސްއިން އަދިވެސް އިސްކަންދެނީ އެއްވެސް ކޯޓަކަށް ނުގޮސް، ސުލްހަވެރިކަމާއެކު ޑިސެމްބަރު 2026 ގެ ކުރިން މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް، މައްސަލަ ދިގުދެމިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ބޭނުންޖެހިއްޖެ ހިނދެއްގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ ޒަމާނުއްސުރެ ދިވެހިން މަސްވެރިކަމަށް ގޮސް އުޅުނު، ދިވެހިރާއްޖެއާ ތާރީޚީ ގޮތުން ގުޅިފައިވާ ސަރަހައްދެކެވެ.

https://wamco.com.mv/
tel:+9607331319