
ރަސްމާލެ ބޭރުގެ ބަޔަކަށް ދީފިނަމަ ރާއްޖޭގައި އިސްލާމް ދީނަށް އަސަރުކުރާނެ: އިލްމުވެރިންގެ ޖަމިއްޔާ

ރިޟްވާން މޫސާ - 19 ނޮވެމްބަރު 2026 - 14:10
ފުށިދިއްގަރު ފަޅުން ހިއްކާފައިވާ ސަރަހައްދު ނުވަތަ ރަސްމާލެ އިން ބޭރުގެ ކުންފުންޏަކަށް 99 އަހަރުގެ މުއްދަތަކަށް ބިން ދީފިނަމަ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފުހެވިގެންދާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.
ރަސްމާލޭގެ މައްސަލަ އާއި ގުލޭގޮތުން މުޅި ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް މި ދަޑިވަޅުގައި އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމާލެ ބިދޭސީ ބަޔަކަށް ދިގު މުއްދަތަކަށްދީފިނަމަ އެކަމުގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަ އޮތް ކަމަށެވެ.
އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވަނީ ރަސްމާލެ ވިއްކާލުމާއި ގުޅޭގޮތުން ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި ވަރަށް ގިނަ ދިރާސާތަކެއް ހަދާފައިވާ ކަމަށާއި، އިލްމުވެރިންގެ ގުޅުމުގެ އިލްމީ ދިރާސާ ތަކާއި ބަހުސްތަކާއި ބެހޭ ކޮމެޓީން މި އެއްބަސްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އިލްމީ ބަހުސް އެއް ކުރުމަށްފަހު 31 ބާބާއި 98 ސޮފްހާގެ ރިޕޯރޓެއް 16 އޮކްޓޯބަތ 2026 ގައި ތައްޔާރުކޮށްފައިވާ ކަމަށެވެ.
އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވަނީ ދިރާސާ ފެށުނީ މި މަޝްރޫއުން ދީނީ އަދި އިޖުތިމާއީ އަދި އިގްތިސާދީގޮތުން އަނބުރައި އިއާދަ ނުކުރެވޭނެ ގެއްލުމުގެ މައްޗަށް ބަލައި ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ.
އިލްމުވެރިންގެ ގުޅުމުގެ ބަޔާން
އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މައްސަލަ އަކީ މީގެ ކުރިން ބެލުމަށްފަހު ނިންމާފައިވާ ނިންމެވުމެއް ނޫން ކަމަށާއި، ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމުން އެކަމުގައި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް އެއްވެސް ފައިދާއެއް ރާއްޖެ އަށްނުވެ މިކަންކަމާއި ގުޅިގެން ބޭރުގެ ފަރާތްތަކުން ރާއްޖެ އައިސް ވަޒަންވެރިވެ އިސްލާމީ ވަހުދަތަށް ގެއްލުންވާތީ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

"ޓަކާ ޓަކާ" އަށް އިޝާރަތް ކުރައްވައި ބޮންޑޭގެ ވަރުގަދަ ރައްދެއް!
6 ގަޑިއިރު ކުރިން

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ގަތުލުއާންމު ހިންގިކަން ސާބިތުވެއްޖެ
8 ގަޑިއިރު ކުރިން

ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކަށް ޕީއެންސީ އަށް މެންބަރުން ވައްދަން މަޖުބޫރު ކުރަނީ!
8 ގަޑިއިރު ކުރިން

ޗާގޯސް މައްސަލަ އާއި ގުޅިގެން މޮރިސަސް އިން އިނގިރޭސި ވިލާތާއި ދެކޮޅަށް ދައުވާ ކުރަނީ
8 ގަޑިއިރު ކުރިން


