logo

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ

profile

ރިޟްވާން މޫސާ - 21 ނޮވެމްބަރު 2026 - 08:34

ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން މި މަހުގެ 26، ގައި އިހުތިޖާޖު ކުރުމަށް މަގުމައްޗަށް ނުކުންނަން މިއަދު ނިންމައިފި އެވެ.

https://wamco.com.mv/

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަސްމާލެ ބޭރުގެ ބަޔަކަށް ދިނުމާއި މެދު ސަރުކާރުން އަމަލުކުރައްވާ ގޮތް ގޯސް ކަމަށެވެ. އަދި ވިދާޅުވީ މި ކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް މި ޕްރޮޖެކްޓް ހިންގުމުން ފަހަރުގައި ރާއްޖެއަށް ވެސް ގެއްލުން ލިބިދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެރީންނަށް ބައެއް ކަންކަމަކީ ރަނގަޅު ކަންކަން ކަމުގައި ތަސައްވުރު ކުރެވުނަސް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވާނަމަ އެކަމެއް ކާމިޔާބުނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުތަކުން ތަސައްވުރެއް އެކުލަވާލުމަށްފަހު އެ ތަސައްވަރު ރައްޔުތުންނަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ރައްޔިތުން ގަބޫލުނުކުރާ ތަސައްވުރެއް އެމްޑީޕީއަށް ވެސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އަދި ކަމެއް ކާމިޔާބުވުމަށް ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދު އޮތުން ކޮންމެހެން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ކަމުގައި ރައްޔިތުންގެ ބަހެއް ހޯއްދެވުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި ޕްރޮޖެކްޓް އިތުރަށް ކުރިއަށް ގެންދާ ކަމަށްވާނަމަ އެމްޑީޕީން މަގުމައްޗަށް ނުކުމެ އަޑު އުފުލައި މުޒާހަރާ ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މުޒާހަރާ ކުރަން އެމްޑީޕީން ނުކުންނަނީ އެއްވެސް ބަޔަކާއި ބައިވެގެން ނޫން ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންކަމުގައި ވަކާލާތުކުރައްވާ ޕާޓީއެެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319