
ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، މީހަކަށް އަނިޔާވެއްޖެ!

ރިޟްވާން މޫސާ - 21 ނޮވެމްބަރު 2026 - 08:06
މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެއެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ ވިޑިއޯގައި ފެންނަނީ ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑު ފަޅާލައި އެތެރަށް ވަދެފައިވާ މަންޒަރެވެ.
މި ހާދިސާ އާއި ބެހޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މީޑިޔާ އޮފޝަލް ވިދާޅުވީ ސައިކަލުގައި އިން މީހާއަށް އަނިޔާވުމާ ގުޅިގެން އެމީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ސައިކަލަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 4 މީހުން ޝަހީދުކޮށްލައިފި
8 ގަޑިއިރު ކުރިން

ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަދިވެސް ތަހުގީގު ކުރިއަށްދަނީ: ފުލުހުން
12 ގަޑިއިރު ކުރިން

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
12 ގަޑިއިރު ކުރިން

އަޅުގަނޑުވެސް ބޭނުމީ ރަސްމާލެ ބޭރުބަޔަކަށް ނުދީ ދިވެހިންނަށް ލިބެން: ރައީސް ނަޝީދު
14 ގަޑިއިރު ކުރިން


