
ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ އަސްލުޓީވީ ރިލްވާން
އަޅުގަނޑުވެސް ބޭނުމީ ރަސްމާލެ ބޭރުބަޔަކަށް ނުދީ ދިވެހިންނަށް ލިބެން: ރައީސް ނަޝީދު

ރިޟްވާން މޫސާ - 21 ނޮވެމްބަރު 2026 - 07:26
ފުށި ދިއްގަރު ފަޅު ނުވަތަ ރަސްމާލެ ޕްރޮޖެކްޓް ބޭރުގެ ބަޔަކަށް ދިނުމަށްވުރެ ރަނގަޅީ ދިވެހިންގެ ބަޔަކަށް ދިނުން ކަމަށާއި، އެއީ އެންމެ ރަގަޅުގޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝިދު އިއުލާނުކުރައްވައިފި އެވެ.
ރަސްމާލެ ދުބާއީގެ އީގަލް ހިލް ކުންފުންޏަށް ދިނުމާއި ގުޅޭގޮތުން އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި ރަސްމާލޭގެ މައްސަލަ އާއި ގުޅޭގޮތުން "އަސްލުޓީވީ"ން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްމާލޭގެ ޕްރޮޖެކްޓް ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް އަދި އެނޫން ވެސް ބޭރުގެ ބަޔަކަށް ދިނުމަށްވުރެ ރަނގަޅީ ދިވެހި ބަޔަކަށް ދިނުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ މަޝްރޫއުތައް ހިންގޭވަރުގެ ގާބިލް ބޭފުޅުން ރާއްޖޭގައި އެބަ ތިއްބެވި ކަމަށެވެ.
މާލެ ސަރަހައްދުގައި މިފަދަ މަޝްރޫއެއް ހިންގައި ބޭރުގެ ބަޔަކަށް ދިނުމަކީ އެހައި ބޮޑަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތައް ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މާލެ ސަރަހައްދުގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމުން އެކަމުން ހަގީގީ ފައިދާ ނުކުރައްވާނެ ކަމަށެވެ.
ދުބާއީގެ އީގަލް ހިލްސް ކުންފުންޏާއި، ޔަހޫދީންނާއި ގުޅުން އޮންނަ ކަމަށް ދެކެވޭ ވާހަކަ ތަކާއި ރައީސް ނަޝީދު ރަސްމާލޭގެ މި މަޝްރޫއުގައި ތާއީދުކުރައްވަނީ އީގަލް ހިލްސް ކުންފުންޏަށް ތޯ ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ޒައިނިޒަމް އަށް އެއްވެސް ވަރަކަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
ތަފްސީލީ ގޮތެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޙާބެއް ހިނގަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން އެމަނިކުފާނަށް ތުހުމަތު ކުރައްވައި ޔަހޫދީންނާއި އެމަނިކުފާނާއި ގުޅުން އޮންނަ ކަމަށް ވިދާޅުވެ އެފަދަ އަޑުތަކެެއް ފަތުރައިދާނެ ކަމަށާއި، ނަމަވެސް ޔަހޫދީންނަކީ ދުވަހަކުވެސް އެމަނިކުފާނު ތާއީދުކުރައްވާނެ ބައެއް ނޫން ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރަސްމާލޭގެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ރައްޔިތުންގެ ވޯޓަކާއި ނުލައި މި މަޝްރޫއު ހިންގާނަމަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރައްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 4 މީހުން ޝަހީދުކޮށްލައިފި
8 ގަޑިއިރު ކުރިން

ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަދިވެސް ތަހުގީގު ކުރިއަށްދަނީ: ފުލުހުން
12 ގަޑިއިރު ކުރިން

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
12 ގަޑިއިރު ކުރިން

ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، މީހަކަށް އަނިޔާވެއްޖެ!
13 ގަޑިއިރު ކުރިން


