
ށ.ފުނަދޫ ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ
ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަދިވެސް ތަހުގީގު ކުރިއަށްދަނީ: ފުލުހުން

ރިޟްވާން މޫސާ - 21 ނޮވެމްބަރު 2026 - 08:45
ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފުލުހުންގެ ތަހުގީގަށް އަދިވެސް ބަލަން ހުރި މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށް ފުލުހުން އަދިވެސް މަސައްކަތް ކުރައްވަމުން ދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފި އެވެ.
ށ. ފުނަދޫގައި ހުންނަ އެރަށުގެ ޕެޓްރޯލް ޝެޑާއި ދެ ގުދަނަކާއި މީހުން ދިރިއުޅޭ 4 ގެއެއް އެއްކޮށް އަދައި ހުލިވެފައި ވަނީ މިދިޔަ އޮކްޓޯބަު މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ފުނަދޫގައި ހިނގި މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު އެރަށަށް ގޮސްފަ އެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 20 މީހަކަށް އަނިޔާވެ، ސިއްހީ ފަރުވާ ދީފައިވެ އެވެ.
ފަރުވާ ދިން މީހުންގެ ތެރޭގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ފަރުވާ ދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ މި ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، މި 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު 5 ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއްވަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 4 މީހުން ޝަހީދުކޮށްލައިފި
8 ގަޑިއިރު ކުރިން

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
12 ގަޑިއިރު ކުރިން

ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، މީހަކަށް އަނިޔާވެއްޖެ!
13 ގަޑިއިރު ކުރިން

އަޅުގަނޑުވެސް ބޭނުމީ ރަސްމާލެ ބޭރުބަޔަކަށް ނުދީ ދިވެހިންނަށް ލިބެން: ރައީސް ނަޝީދު
14 ގަޑިއިރު ކުރިން


