logo
ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު

ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު

އާސަންދަ ރިފޯމްކުރާނެ ކަމަށް ބުނި ނަމަވެސް ހިދުމަތްތަށް ދިޔައީ ދަށަށް: ހުސެއިން ސަމީރު

profile

މުޙައްމަދު ފަޟްލޫން - 18 ނޮވެމްބަރު 2026 - 12:19

އާސަންދަ ނިޒާމު ރިފޯމް ކުރާނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް، އެ ނިޒާމުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ސަމީރު ވިދާޅުވީ، އާސަންދަ ރިފޯމްކުރުމުގެ ނަމުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް މުހިންމު ހިދުމަތްތައް މެދުކެނޑި، ހިދުމަތުގެ ފެންވަރު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، މިހާރުން މިހާރަށް އެ އިސްލާހީ މަސައްކަތްތައް ހުއްޓައިލުމަށް މެންބަރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެއިތުރުން، ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، ވެރިކަމަށް 3 އަހަރު ފާއިތުވެގެން ދިޔައިރުވެސް އެކަން ހަގީގަތަކަށް ވެފައިނުވާކަން މެންބަރު ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ ޑޮކްޓަރު ބޭސްސިޓީގައި ލިޔެދޭ ބޭސްކޮޅު ނުލިބި ފާމަސީތަކުގެ ދޮރުމަތީގައި ކުރުކާލި ޖަހަމުންދާއިރުވެސް ބޭސްސިޓީތަކަށް ބޭސް ނުލިބިދާ މަންޒަރު ކަަމަށް މެމްބަރު ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު ފާސްކުރީ ސިއްހީ ދާއިރާއަށް ހާއްސަ ބަޖެޓެއް ކަމަށް ބުނި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް ލިބުނު މާލީ ލުޔެއް ނުވަތަ އިތުރުވި ފައިދާއެއް ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރާނެ ކަމަށް ބުނެ ކުރީގެ ބަޖެޓުތަކުގައި އިޢުލާނުކުރި ނަމަވެސް، ހަރަދު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިވާ މަންޒަރު ފެންނަން ނެތް ކަމަށާއި، ބަޖެޓުން ކުރެވުނު ހަރަދުތަކުގެ ތަފުސީލު ލިބެން ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި މެންބަރު ސަމީރު ވިދާޅުވިއެވެ.

ހިނގަމުންމިދާ އަހަރުގެ ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، ސަރުކާރުން ކަނޑައެޅި މާލީ ލަނޑުދަނޑިތައް ހާސިލުނުވެ ފެއިލްވެފައިވާކަން ހާމަވާ ކަމަށާއި، ދައުލަތުގެ ހަރަދުތައް އިތުރުވަމުން ދިޔަ ނަމަވެސް އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށަށް ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރުމުގެ ކުރިން، ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތުތަކުގައި ހުރި މައްސަލަތަކާއި މެދު ފުންކޮށް ވިސްނުމަށް މެންބަރު ވަނީ މަޖިލީހަށް ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319