logo
ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ އަސްލުޓީވީ މުނައްވަރު

ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ އަސްލުޓީވީ މުނައްވަރު

ވެރިކަމަށް 3 އަހަރުވީއިރު މުއިއްޒަކީ ކާކުން ކަން އެނގިއްޖެ! ރައްޔިތުން މި ތިބީ ނިކަމެތި ހާލެއްގަ: ނަޝީދު

profile

ރިޟްވާން މޫސާ - 21 ނޮވެމްބަރު 2026 - 06:17

ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔައިރު ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަކީ ކޮންކަހަލަ ބޭފުޅެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެންފި ކަމަށާއި، ރައްޔިތުން މިތިބީ ވަރަށް ދަތި އުނދަގޫ އަދި ނިކަމެތި ހާލެެއްގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކަފުުގެ ތެރެއިން "އަސްލުޓީވީ" އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ނުރުހުން ފާޅުކުރައްވައި ސަރުކާރަށާއި ރައީސް ޑރ މުއިއްޒަށް ވެސް ރައްދުގެ ބަސްތަކެއް ދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ތަކެތީގެ އަގު އިންތިހާޔަށް އުފުލެން ފަށާފައިވާ ކަމަށާއި، އަތްނުފޯރާ ފަށުގައި ތަކެތީގެ އަގުތައް ހުރި އިރު ނިކަމެތި ރައްޔިތުންނަށް ގޮތް ހޯއްދަވައި ނުދެއްވައި ވެރިކަމުގެ ލައްޒަތާއި އަރާމުގައި ކުރައްވަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ ހާލު އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި ވިދާޅުވީ ދާދި ފަހަކުން އެމަނިކުފާނު ރާއްޖޭގެ ސަތޭކަ އަށް ވުރެ ގިނަ ރަށްރަށަށް ޒިޔާރަތް ކުރެއްވެވި ކަމަށާއި، ކޮންމެ ރަށަކުން ވެސް ރައްޔިތުން އުޅެމުންދާ ހާލު އެރަށްރަށުގެ ފިހާރަތަކުގެ ވިކުރާތަކުން ފެނިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވެވިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެސީގެ މިނިވަންކަން ވެސް މިހާރު ނެތް ކަމަށާއި، ނޫސްވެރިންނަށް އެކިވަރުގެ ގޯނާތައްކޮށް ލިޔުންތެރިކަމާއި ކިޔުންތެރިކަން ވެސް މިއަދު ނޫސްވެރިންނާއެކު ސަރުކާރުގެ މުށުތެރެއަށް ލާފައިވާ ކަމަށެވެ.

ރައީސް ނޝީދު ވިދާޅުވީ ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް އެމަނިކުފާނުގެ ތާއީދު އޮވެގެން ނޫން ކަމަށާއި، ރައީސް ޔާމީނުގެ ހުސް ގޮނޑިކޮޅެއް ދައްކަވައިގެން ކަމަށާއި، ވެރިކަން ލިބުމުން ކެބިނެޓުގައި ތިއްބެވި އެތައްބަޔަކު ވެސް ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރަކު ކަމެއް ކުރަން އެނގޭ ވަރުގެ ގާބިލް ބޭފުޅަކު ނޫޅުއްވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ މަޝްރއުއަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ނުވަތަ ފުށިދިއްގަރު ފަޅު ތަރައްގީކުރަން އެންމެ ރަނގަޅީ ދިވެހިންގެ ބަޔަކާއި ހަވާލުކޮށްގެން ކަމަށާއި، ބިލިއަނުން ޑޮލަރު ހިއްޕަވައިގެން ތިއްބެވި ބޭރުގެ ފަރާތްތަކަށް ވުރެ ދިވެހިން އެމަނިކުފާނަށް މާ ރަނގަޅު ކަމަށެވެ.

https://wamco.com.mv/
tel:+9607331319