
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ
ރަސްމާލެ އީގަލް ހިލްސް އަށް ދިނުމަކީ ދިވެހިރާއްޖެ ވަންތަކަން ނިމިގެންދިއުން: އަލީ ހުސައިން

މުޙައްމަދު ފަޟްލޫން - 08 ނޮވެމްބަރު 2026 - 12:19
ރަސްމާލެ އީގަލް ހިލްސް އަށް ދިނުމަކީ ދިވެހިރާއްޖެ ވަންތަކަން ނިމިގެންދިއުން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރަސްމާލެ އީގަލް ހިލްސް އަށް ދިނުމާއި ދެކޮޅަށް ގައުމީ ހަރަކާތުން ބޭއްވި މަގުމަތީ ހަރަކާތުގައި ބައިވެރިވެ އަލީ ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ބިން ދޭން އުޅެނީ ކާކަށް ކަން އެނގޭ ކަމަށާއި އެމީހަކީ ސީދާ ޒަޔަނިސްޓެއްކަން އެނގޭ ކަމަށެވެ.
ޒަޔަނިސްޓުންނަށް ބިންވިއްކާލީމާ އެހިއްސާ ކޮންމެ މީހަކަށްވެސް ބަދަލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނުގެ ބިން ޒަޔަނިސްޓުންނަށް ވިއްކާލީމާ ކޮންމެ މީހަކަށް ވެސް ބިން ގަނެގެން ރާއްޖޭގައި ވަޒަންވެރިވެވިދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުބަޔަކަށް ރާއްޖޭގައި ވަޒަންވެރިވާން ފުރުސަތުދީފިނަމަ ދިވެހިރާއްޖެއަށް ދިވެހިރާއްޖެ ކިއުންވެސް ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވަޒަން ވެރިވުމުން ދިވެހިރާއްޖޭގެ ގޮތުގައި މިތަން ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އީގަލް ހިލްސް އަށް ރަސްމާލޭގައި މަޝްރޫއު ހިންގަން ދިނުމުގެ ކުރިން ރައްޔިތުންގެ ބަހެއް އެކަމުގައި ހޯދަންޖެހޭނެ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެކަމުގައި ރައްޔިތުންގެ ހުއްދަ ހޯދަންޖެހޭނެ ކަަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ރަށްވެހިންގެ ގޮތުގައި ދިވެހިން އުޅެމުން އަންނަ އިރު އެހެން ބަޔަކަށް ދިވެހިންގެ ބިން ދޭނަމަ ދިވެހިންގެ ކައިރިން އަހާލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިންގެ ކިބައިން ދިވެހިންގެ ބިން ބޭރުބަޔަކަށް ކުއްޔަށް ދިނުމަށް ނިންމާއިރު އެކަމުގެ ހުއްދަ ނުހޯދާ އެކަން ކުރުމަކީ އެހެން މީހަކަށް އެކަމުގެ ހައްގު އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ގާނޫނު ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި ގާނޫނުގެ ކުރިމަތީގައި މުއާމަލާތްކުރެވެންޖެހޭނީ ހަމަހަމަކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ހުރި ކުންފުނިތަކާއި ވިޔަފާރިތަކާއެކުގައި މުއާމަލާތްކުރެވެންޖެހޭނީ ހަމަހަމަކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ފެނިގެންދަނީ ވަކި މީހަކާއި ދޭތެރޭ ހާއްސަ ގޮތަކަށް މުއާމަލާތްކޮށް އަމަލުކުރަމުންދާ މަންޒަރު ކަމަށް އަލީ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
2 ގަޑިއިރު ކުރިން
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން


