logo

ކުރު ނޯޓިސް އެއްގައި ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބޭއްވޭގޮތަށް އިސްލާހު ގެނެސްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 ސެޕްޓެމްބަރު 2024 - 06:13

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ކުންފުނިތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ފާސްކޮށްފިއެވެ.

https://wamco.com.mv/

ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި 85 މެމްބަރުންގެ ވޯޓާ އެކުއެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ދައުރުން ބޭރު ޖަލްސާގައެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް އިއްޔެގެ ޖަލްސާގައި ފަށައި ކޮމިޓީގެ މަސައްކަތްތައް ވެސް ވަނީ އެއް ދުވަހުން ނިންމާލާފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ކުންފުނިތަކުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅައިފި ނަމަ، ޑިރެކްޓަރުންގެ ބޯޑުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހޭނެ ކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިންމަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

އެކަމަކު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ހާއްސަ އާއްމު ޖަލްސާ ބޭއްވުމަށް ޑިރެކްޓަރުންނަށް ލިބޭ މުއްދަތު ކުރުކޮށްފައެވެ.

އިސްލާހުގައި ވާ ގޮތުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހޭނެ ކަމަށާއި ޖަލްސާ ބާއްވަން އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން، ގާނޫނުގައި ބުނާ އަދަދަށް ކުންފުންޏެއްގައި ޑިރެކްޓަރުން ނެތްނަމަ، އެ މަގާމުތަކަށް މީހުން އައްޔަނުކުރަން ލިބޭ މުއްދަތު ވެސް ވަނީ ކުރުކޮށްފައެވެ.

ބިލުގައި ބުނެފައިވަނީ އެއްވެސް ކުންފުންޏެއްގައި އެއްވެސް ވަގުތެއްގައި ގާނޫނުގައި ބުނާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ، ގާނޫނުގައި ބުނާ އަދަދަށް ޑިރެކްޓަރުން އައްޔަނުކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރެޖިސްޓްރާއަށް އޮންނައިރު، އެފަދަ އެންގުމެއް އަންގާތާ 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަނުކޮށް ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ގާނޫނުގައި މިހާރު އެކަމަށް 30 ދުވަހުގެ މުއްދަތެއް ދެއެވެ.

މެނޭޖިން ޑިރެކްޓަރެއް ނެތް ކުންފުންޏަކަށް އެ މަގާމަށް މީހަކު އައްޔަނުކުރަން ރެޖިސްޓްރާ އަންގައިފިނަމަ، 10 ދުވަސް ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވެއެވެ. ގާނޫނުގައި މިހާރު އެކަމަށް ވެސް 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ކުންފުނީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި ހުރިހާ ވަގުތެއްގައި މަދުވެގެން 1 ޑިރެކްޓަރަކު ހުންނަން ޖެހެ އެވެ. އަދި ކޮންމެ ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން 2 ޑިރެކްޓަރުން ތިބެންޖެހޭއިރު ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބިލަށް އަމަލުކުރާނީ ރައިސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުންނެވެ.

https://wamco.com.mv/
tel:+9607331319