logo

މާރަންދޫ ކައުންސިލްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 ސެޕްޓެމްބަރު 2024 - 18:28

މާރަންދޫ ކަައުންސިލްގެ ގޮނޑި ކާމިޔާބުކުރި އަބްދުލް ހަމީދު އަބްދުއްސައްތާރު

މާރަންދޫ ކަައުންސިލްގެ ގޮނޑި ކާމިޔާބުކުރި އަބްދުލް ހަމީދު އަބްދުއްސައްތާރު

ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރަން ބޭއްވިބައި އިލެކްޝަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.

މިއަދުު ހެނދުނު 08:00 އިން 4:00 އަށް ބޭއްވި އިންތިހާބުގައި ވާދަކުރީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ނެވެ. މާރަންދޫ ކައުންސިލްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލް ހަމީދު އަބްދުއްސައްތާރު ކާމިޔާބުކުރެއްވީ 35 ވޯޓުގެ ތަފާތަކުން ނެވެ.

ވޯޓުގެ ނަތީޖާ

  • އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދު: 250 ވޯޓު
  • އަބްދުލް ހަމީދު އަބްދުއްސައްތާރު: 285 ވޯޓު

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 736 މީހުންނަށް ލިބެ އެވެ. އެކަމަކު އިންތިހާބު ނިމުމާ ހަމަޔަށް ވޯޓުލާފައިވަނީ އޭގެ ތެރެއިން 560 މީހުން ނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 76.09 އިންސައްތަ އެވެ.

އެ 560 ވޯޓުގެ ތެރެއިން 535 ވޯޓަކީ ސައްހަ ވޯޓު ކަމަށް ބަލާއިރު، 25 ވޯޓަކީ ބާތިލު ވޯޓެވެ.

މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ޕީއެންސީ އަދި އެމްޑީޕީން ވެސް ވަނީ ވާދަވެރި ކެމްޕޭނެއް ކޮށްފަ އެވެ. އެގޮތުން ދެ ޕާޓީގެ ލީޑާޝިޕުން ވެސް އެ ރަށަށް ވަޑައިގެން ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ.

މާރަންދޫ ކައުންސިލުން ގޮނޑިއެއް ހުސްވީ، އެ ކައުންސިލްގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ނެވެ. އޭނާ ނިޔާވީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

tel:+9607331319