logo

މަޖިލިސް ފެށުމާއެކު އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ކުރިޔަށްދާނެ: ފަލާހު

profile

އައިޝަތު އިނާޝާ - 11 ސެޕްޓެމްބަރު 2024 - 18:55

ޕީއެންސީގެ އެތެރޭގެ އިންތިހާބާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ޕާޓީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- ފޮޓޯ؛ އަސްލު ޓީވީ

ޕީއެންސީގެ އެތެރޭގެ އިންތިހާބާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ޕާޓީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- ފޮޓޯ؛ އަސްލު ޓީވީ

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުމާއެކު، އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ފަށާެނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ޕާޓީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ ރައްޔިތުން ކަންބޮޑު ނުވާ މިންވަރަށް އެކަން ހަލުވި ކަމާއެކު ކުރިޔަށް ދާނެ ކަމަށެވެ.

އެމަސައްކަތް މީހާރު އޮތީ މަޖިލީހުގެ 241 ކޮމެޓީގައި ކަން ފާހަގަ ކުރަށްވަމުން ފަލާހު ވިދާޅުވީ މަޖިލީހުގެ މި ފެށޭ ދައުރުގައި އެންމެ ބާރަށް ކުރިއަށްގެންދާނެ އެއް މަސައްކަތަކީ އެއީ ކަމަށެވެ.

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ މައްސަލަ މީހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގައި. އެ މަސައްކަތް ހަމަ ކުރިޔަށް އެބަދޭ. އިރާދަކުރެއްވިޔާ ރައްޔިތުން ކަންބޮޑު ނުވާ މިންވަރަށް އެކަންކަން ހަމަ ހަލުވިކަމާއެކު ކުރިޔަށް ދާނެ ވާހަކަ ދަންނަވަން.: ފަލާހު

އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރަށް އެންމެ ފުރަތަމަ ހުށެހެޅި ބިލެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. އެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

މިކަމާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވީ، މިހާރު ބިލު ހުށައަޅާފައި އޮތް ގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މައްސަލައަށް މުޅިއެކު ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އެކަމަށް ގެންނަން ޖެހޭ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.



tel:+9607331319