logo

މާރަންދޫ ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކާމިޔާބީ އަށް ރައީސްގެ މަރުޚަބާ

profile

ޝުރުފާ މުހަންމަދު - 14 ސެޕްޓެމްބަރު 2024 - 19:33

އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ޕީއެންސީން

އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ޕީއެންސީން

ހއ. މާރަންދޫ ކައުންސިލް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަނުގައު، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން ހޯދި ކާމިޔާބީ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދުު ހެނދުނު 08:00 އިން 4:00 އަށް ބޭއްވި އިންތިހާބުގައި ވާދަކުރީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ނެވެ. މާރަންދޫ ކައުންސިލްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލް ހަމީދު އަބްދުއްސައްތާރު ކާމިޔާބުކުރެއްވީ 35 ވޯޓުގެ ތަފާތަކުން ނެވެ.

މި ކާމިޔާބީ އާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މާރަންދޫ ކައުންސިލް މެމްބަރުކަން ކާމިޔާބުކުރެއްވި އަބްދުލްހަލީމް އަބްދުއްސައްތާރަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ރައްޔިތުންނަށާއި، ވޮތުގައި ބައިވެރިވި އެންމެނަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ޕީއެންސީ އަދި އެމްޑީޕީން ވެސް ވަނީ ވާދަވެރި ކެމްޕޭނެއް ކޮށްފަ އެވެ. އެގޮތުން ދެ ޕާޓީގެ ލީޑާޝިޕުން ވެސް އެ ރަށަށް ވަޑައިގެން ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ.

މާރަންދޫ ކައުންސިލުން ގޮނޑިއެއް ހުސްވީ، އެ ކައުންސިލްގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ނެވެ. އޭނާ ނިޔާވީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

tel:+9607331319