
ސްކޫލް ދަރިވަރުންތަކަކަށް ގައުމިއްޔަތާ ބެހޭ ކިލާހެއް ސިފައިން ނަގައިދީފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 23 އޯގަސްޓު 2024 - 13:51
ސްކޫލް ދަރިވަރުންތަކަކަށް ގައުމިއްޔަތާ ބެހޭ ކިލާހެއް ސިފައިން ނަގައިދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ކިލާސް ނަގައިދިނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، އިއްޔެގެ ކިލާހުގައި އެ ސްކޫލުގެ 65 ދަރިވަރުންނާއި ސްކޫލުގެ ޓީޗަރުން ބައިވެރިވި ކަމަށެވެ. ނަމަވެސް ބައިވެރިވީ ކޮން ގްރޭޑުތަކެއްގެ ދަރިވަރުންނެއް ކަމެއް ހާމައެއް ނުކުރެއެވެ.
އެކިލާސް ކުރިއަށް ގެންދިޔައީ "ޝަހީދުންގެ ޒިކުރާ" މި މައުލޫއަށެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި ސްކޫލު ދަރިވަރުންނަށް ގައުމިއްޔަތާ ބެހޭ ކަންކަން ކިޔައިދިނުމަށް އިއްޔެގެ ކިލާހުގައި މައުލޫމާތު ފޯރުކޮށްދިނީ ސާޖަންޓު މޭޖާ އަބްދުﷲ ސައީދުއެވެ.
މި ސަރުކާރުން ވަނީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ވުޒާރާއެއް އުފައްދަވާފައެވެ. އަދި، ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ޤައުމިއްޔަތު" ހިމަނައި އެ މާއްދާ ކިޔަވައިދޭން ވެސް ވަނީ ފަށާފައެވެ.
އަލަށް ކިޔަވައިދޭން ފެށި ގައުމިއްޔަތު މާއްދާގެ މަންހަޖުގައި ހިމެނެނީ މައިގަނޑު ނުވަ ކަމެކެވެ.
- އަހަރެންނަކީ ދިވެއްސެއް
- އިސްލާމް ދީން
- ދިވެހީންގެ ބަސް
- ދިވެހީންގެ ކާބަފައިން
- މިނިވަންކަމާއި އަބުތާލުން
- ދިވެހިރާއްޖޭގެ ޖޯގްރަފީ އާއި ސަރަހައްދު
- ތަރިކަ
- ސަގާފަތާއި އާދަކަދަ
- ދިވެހިންގެ އިޖުތިމާއީ ގިޔަމުތައް
ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ޤައުމީ މަންހަޖުގައި ހިމެނުމަށް ފާސްކުރީ ޖެނުއަރީ މަހުގެ ތެރޭގައި އޮތް ސޯޝަލް ކައުންސިލް ބައްދަލުވުމުގައެވެ.
ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް ސްކޫލްތަކުގައި މިހާރު ވަނީ ފަށާފައެވެ. މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް މި ޕްރޮޖެކްޓް ފުރަތަމަ ފަށާފައި ވަނީ 11 ސްކޫލްގައެވެ.
މި ސްކޫލްތަކުގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް، މުދައްރިސުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ތައުލީމީ ވުޒާރާއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސްކޫލްތަކަށްވެސް މިކަމާއި ގުޅޭ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. މި ސެޝަންތަކުގައި ސްކޫލަކުން ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ފޯކަލް ޕޮއިންޓްތަކުން ބައިވެރިވިއެވެ. މި ސެޝަންތަކުގައި ޤައުމިއްޔަތު މާއްދާގެ ތަޢާރަފްއާއި މަންހަޖުގައި މާއްދާ އެކުލަވާލެވިފައިވާ ގޮތާއި ކިޔަވައިދޭނެ ގޮތުގެ މައުލޫމާތު ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން