logo

އަހަރަކު އެއް ފަހަރު ގެސްޓް ހައުސް ސިމްޕޯޒިއަމެއް ބާއްވަން އެމްއައިބީން ނިންމައިފި

profile

ޒިދާން މުޙައްމަދު - 11 އޮކްޓޯބަރު 2024 - 19:26

ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ތެރެއިން -- ފޮޓޯ: މިހާރު

ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ތެރެއިން -- ފޮޓޯ: މިހާރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަރާތުން އަހަރަކު އެއް ފަހަރު ގެސްޓްހައުސް ސިމްޕޯޒިއަމެއް ބާއްވަން ނިންމައިފިއެވެ.

މިގޮތަށް ނިންމިކަން އިއުލާންކުރީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ގެސްޓްހައުސްތަކުގެ އެންމެ ބޮޑު ސިމްޕޯޒިއަމްގެ ތެރެއިންނެވެ. އެ ސިމްޕޯޒިއަމަކީ އެމްއައިބީން ކްރޮސްރޯޑްސްގައި ބާއްވާފައިވާ ވަރުގަދަ ސިމްޕޯޒިމެއްކަން ފާހަގަކޮށްލަމެވެ.

ސިމްޕޯޒިއަމް ނިމުމުގެ ރަސްމިއްޔާތުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ ގެސްޓްހައުސް ދާއިރާގައި ހިމެނޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެމްއައިބީގެ ގެސްޓްހައުސް ސިމްޕޯޒިއަމް ކޮންމެ އަހަރަކު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

އެމްއައިބީން ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ސިމްޕޯޒިއަމްގައި 75 އަށް ވުރެ ގިނަ ގެސްޓްހައުސްތަކުން ބައިވެރިވިއެވެ.

ސިމްޕޯޒިއަމްގެ ބައެއް ބައިވެރިން ބުނި ގޮތުގައި، ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގައި ސިމްޕޯޒިއަމް މެދުވެރިކޮށް އާ ހިޔާލުތަކެއް ވަނީ ލިބިފައެވެ.

އަދި މި ދާއިރާ މިހާރަށް ވުރެ ފުރިހަމައަށް ހިނގައިގަތުމަށް އެފަދަ ޕްލެޓްފޯމެއްގެ މުހިއްމު ކަމާއި, ދާއިރާގެ ތަޖުރިބާކާރުންނާ އެކު ހިޔާލު ބަދަލުކުރަން ލިބުމަކީ އިތުރު ގޮތްގޮތަށް ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ހިތްވަރު ލިބުނު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

މި ސިމްޕޯޒިއަމްގައި ގެސްޓްހައުސްތައް މެނޭޖުކުރުމަށް ބޭނުން ކުރެވޭނެ ބައެއް ޕްރޮޑަކްޓުތައް ޒުވާން ކްރިއޭޓަރުން ވަނީ ހިއްސާކޮށްފައެވެ. އަދި މި ދާއިރާއަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތުތަކާއި ޕްރޮޑަކްޓުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދިނެވެ.

https://int.etukuri.mv/
tel:+9607331319