logo

ބޭންކަށް ނުގޮސް އެމްއައިބީގެ އެކައުންޓް މިހާރު ހުޅުވާނެ!

profile

އަހުމަދު ޒަލީފު - 23 ޖޫން 2023 - 23:51

—

ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި އަލަށް އެމްއައިބީން ތައާރަފްކޮށްފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނި ގޮތުގައި އެ ދަތިކަމަށް ހައްލު ހޯދަން އެ ބޭންކުން މިރޭ ފަށާ ހިދުމަތަކީ އިންގިލާބީ ބަދަލަކަށް ވާނެ އެވެ. މިހާރު އެމްއައިބީ އެކައުންޓް ހުޅުވަން ބޭންކަށް ދާކަށް ނުޖެހޭނެ އެވެ. ކޮންމެތާކު ހުރެގެން ވެސް މިހާރު އެމްއައިބީ އެކައުންޓް ހުޅުވޭނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓީއެމްއެއް މިހާރު ވަނީ ހުޅުވާފައެވެ.
މި އޭޓީއެމް ބަހައްޓާފައިވަނީ ހުޅުމާލެ ފޭސް2 ވިނަރެސް ފްލެޓްގައެވެ.

މިއީ ހުޅުމާލެ ފޭސް2ގައި ބެހެއްޓި ފުރަތަމަ އޭޓީއެމްއެވެ. މި އޭޓީއެމް ހުޅުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، މިވަގުތު އެމްއައިބީން ހުޅުމާލެ ފޭސް2 ގައި ހުޅުވީ އެންމެ އޭޓީއެމްއެއްކަމަށެވެ. އެހެންނަމަވެސް މުސްތަޤްބަލުގައި އޭޓީއެމް ގިނަކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ފުޅާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 2 ވަނަ ވަގުތީ މިސްކިތުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

"މަސްޖިދް އުޘްމާން ބިން ޢައްފާން"އަށް ޖާގަ މި މަސައްކަތް ކުރަނީ އިސްލާމިކް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެންނެވެ.

އެމްއައިބީން ބުނީ އެކައުންޓް ހުޅުވުމުން އެމްއައިބީ ފައިސާނެޓް ނުވަތަ މޮބައިލް އެޕް- ފައިސާ މޮބައިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. މި ފަސޭހަތަކާ އެކު ރާއްޖޭގައި އެންމެ ފަސޭހައިން އިތުބާރާ އެކު ހިދުމަތް ދޭ ބޭންކަށް އެ ބޭންކް ވާނެ ކަމަށް އެމްއައިބީން ބުންޏެވެ.

https://int.etukuri.mv/
tel:+9607331319