logo

އެމްއައިބީން މާފުށީގައި ޑޮލަރާއި ރުފިޔާ އޭޓީއެމް އެއް

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 18:28

ޚިދުމަތް ފުޅާކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކ. މާފުށީގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

އޭޓީއެމް ސެންޓަރު ހުޅުވައިދެއްވީ އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ރައީސް ހުސެއިން ސޮލާހުއެވެ.

އެމްއައިބީން ބުނި ގޮތުގައި އެ ރަށުގައި ގާއިމުކުރި ސެންޓަރުގައި ޑޮލަރާއި ރުފިޔާއިން ފައިސާ ނެގޭނެ އޭޓީއެމްތަކެއް ބަހައްޓާފައިވާ ކަމަށެވެ.

އައު އޭޓީއެމް ސެންޓަރު ގާއިމުކުރެވުމާއެކު މާފުށީގެ ރައްޔިތުންނަށާއި، އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވިއެވެ. މި ސެންޓަރުގައި ހުރި ދެ އޭޓީއެމްއިން 24 ގަޑިއިރު ހިދުމަތް ލިބޭނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު އަދި ލޯކަލް ޓުއަރިޒަމްވެސް ފައްކާވަމުން އަންނަ އެ ރަށުގައި ގާއިމުކުރި ސެންޓަރުގައި ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ. މިއީ އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން އެމްއައިބީން ވަނީ ގދ. މަޑަވެލީގައި އޭޓީއެމްއެއް ބަހައްޓާފައެވެ.

އެމްއައިބީގެ މި މަސައްކަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
tel:+9607331319