logo

އިސްލާމިކް ބޭންކުގެ ހެޑް އޮފީސް ހުޅުމާލޭގައި އެޅުމަށް އެޗްޑީސީ އާއެކު ސޮއިކޮށްފި

profile

އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 21:23

އެމްއައިބީ އާއެކު އެޗްޑީސީން މިއަދު ސޮއިކުރަނީ---

އެމްއައިބީ އާއެކު އެޗްޑީސީން މިއަދު ސޮއިކުރަނީ---

އިސްލާމިކް ބޭންކުގެ ހެޑް އޮފީސް ހުޅުމާލޭގައި އެޅުމަށް އެޗްޑީސީ އާއެކު ސޮއިކޮށްފިއެވެ.

މިއަދު ހުޅުމާލޭގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ސޮއިކުރީ ހުޅުމާލޭގައި އެމް.އައި.ބީގެ ހެޑް އޮފީހެއް ތަރައްޤީކުރުމަށް، ހުޅުމާލެއިން ބިން ކަނޑައެޅުމުގެ އެއްބަސްވުމެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކުގެ ހެޑް އޮފީސް އިމާރާތްކުރާނީ ހުޅުމާލޭގައި ހަތްހާސް އަކަފޫޓުގެ ބިމެއްގައެވެ. އަދި މިމަހުގެ މެދުތެރޭގައި އިސްލާމިކް ބޭންކުން ވަނީ ހުޅުމާލޭގައި އެ ބޭންކުގެ ގޮތްޕެއްވެސް ހުޅުވާފައެވެ.

އިސްލާމިކް ބޭންކަކީ ދިވެހިންގެ އިތުބާރު ހޯދަމުން އަންނަ ކާމިޔާބު ބޭންކެކެވެ.



https://int.etukuri.mv/
tel:+9607331319