logo

ޒަރޫރީ ބޭނުންތަކަށް އެމްއައިބީގެ "އުޖާލާ ކޭޝް"

profile

އަހުމަދު ޒަލީފު - 23 އޮކްޓޯބަރު 2023 - 17:43

މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކް

ޒަރޫރީ އެކި ބޭނުންތަކަޑށް ފަސޭހައިން ފައިސާ ލިބޭނެ ފެސިލިޓީއެއް މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) އިން ތައާރަފުކޮށްފި އެވެ.

އެ ބޭންކުން ބުނީ އަލަށް ތައާރަފުކުރި "އުޖާލާ ކޭޝް" މެދުވެރިކޮށް ސިއްޙީ ފަރުވާއަކާާއި ގެދޮރު މަރާމާތުކުރުމަށާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން އަމިއްލަ މުދަލަށް ލިބޭ ގެއްލުން ފޫބެއްދުމަށާއި، ކުއްޔަށް އުޅޭ އެޕާޓްމަންޓް ބަދަލުކުރުމުގެ ސަބަބުން އެޑްވާންސް ކުލި ދެއްކުމަށާއި ދަރަނި ޚަލާސްކުރުމަށާއި ދިރިއުޅުމުގެ ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ހަމައެކަނި ނަގުދު ފައިސާ ފުދޭ ހާލަތްތަކުގައި މި ފެސިލިޓީގެ ބޭނުންކުރެވޭނެ ކަމަށެވެ.

އެގޮތުން އާ ފައިނޭންސް ފެސިލިޓީ އަށް އެދުމަށް އެމްއައިބީގެ "އެޕްލައި-ނައު" ޕޯޓަލް މެދުވެރިކޮށް އުޖާލާ ފައިނޭންސިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ. "އުޖާލާ ފައިނޭންސިން" ގެ ލިމިޓު ހަމަޖެހުމުން ފައިސާ އަށް އެދެވޭނެއެވެ. އެމްއައިބީން ބުނީ އެ މީހަކަށް ލިބޭ ލިމިޓުގެ ތެރެއިން 30 ޕަސެންޓާ ހަމައަށް އެއްވެސް ލިޔުމަކާއ ނުލާ ކޭޝް ފެސިލިޓީ ބޭނުންކުރެވޭނެ ކަމަށެވެ.

ނަމަވެސް 30 ޕަސެންޓަށް ވުރެ ގިނައިން ފައިސާ ނަގާ ނަމަ، އެކަމާގުޅޭ ލިޔެކިއުންތައް ހުށަހަޅަން ޖެހޭނެ އެވެ.

"އުޖާލާ ކޭޝް" ތައާރަފުކުރި ނަމަވެސް އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ތަކެތި ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ އެވެ.

https://int.etukuri.mv/
tel:+9607331319