logo

މިނިސްޓަރ މުއްތަލިބް މުމްބާއީ ކަނޑުގެ އަޑީ ޓަނަލަށް

profile

ޝުރުފާ މުހައްމަދު - 11 ސެޕްޓެމްބަރު 2024 - 13:07

ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު އިންޑިއާގެ ކަނޑު އަޑީގެ ޓަނަލަށް ކުރެއްވި ޒިޔާރާތް---- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު އިންޑިއާގެ ކަނޑު އަޑީގެ ޓަނަލަށް ކުރެއްވި ޒިޔާރާތް---- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު، އިންޑިއާގެ މުމްބާއީގައި ހުންނަ ކަނޑު އަޑީގެ ޓަނަލަށް ޒިޔާރާތްކުރައްވައިފި އެވެ.

މި ޒިޔާރާތުގައި މިނިސްޓަރ މުއްތަލިބުގެ އަރިހުގައި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ އާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތޯއާމް މުހަންމަދާއި، ސްޓޭޓް މިނިސްޓަރ އިސްމާއިލް ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު އިންޑިއާގެ ކަނޑު އަޑީގެ ޓަނަލަށް ކުރެއްވި ޒިޔާރާތް---- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މިނިސްޓަރ މުއްތަލިބު ޒިޔާރާތްކުރެއްވި ޓަނެލަކީ "އަދިތު" ގެ ނަން ދީފައިވާ ޓަނެލެކެވެ. އެ ޓަނެލަކީ މުމްބާއީ އާއި، އަހުމަދުއާބާދާއި ދެމެދު ހައި ސްޕީޑް ބުލެޓް ޓްރެއިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ޓަނެލެކެވެ. އެ ދެމެދުގައި 21 ކިލޯމީޓަރު ހުންނަ އިރު، މި ޓަނެލުގައި ހުންނާނީ 7.1 ކިލޯމީޓަރެވެ. ބާކީ ބައި ގުޅާލަކީ ބުރިޖަކުންނެވެ.

މިނިސްޓަރ މުއްތަލިބު ޒިޔާރާތްކުރެއްވި އެ ޓަނެލަކީ ތިލަމާލެ ބްރިޖު ތަރައްގީކުރަމުން އަންނަ އެފްކޮންސް ކުންފުނިން ތަރައްގީ ކުރާ ޓަނެލެކެވެ. އެ ޓަނެލު ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކަނޑު އަޑީގެ ޓަނެލަކަށް މިނިސްޓަރ މުއްތަލިބު ޒިޔާރާތްކުރެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަނީ މާލެ އާއި ރަސްމާލެ ވެސް ކަނޑު އަޑީގެ ޓަނެލަކުން ގުޅާލުމަށް ނިންމާ އެކަން ވެސް އިއުލާންކުރައްވާފަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރ މުއްތަލިބުގެ މި ޒިޔާރާތަކީ ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ކުރެއްވި ޒިޔާރާތެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319