logo

ރަށްރަށުގައި ފެނަކައިން ހިންގަމުންދާ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 13 އޯގަސްޓު 2024 - 12:57

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ ޖަލްސާގަ (ފޮޓޯ/ މަޖިލީސް)

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ ޖަލްސާގަ (ފޮޓޯ/ މަޖިލީސް)

ރަށްރަށުގައި ފެނަކައިން ހިންގަމުންދާ ހުރިހާ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ނިންމީ، ފެނަކައަކީ އެކަހަލަ މަޝްރޫއުތައް ހިންގާ ކުންފުންޏަކަށް ނުވާތީއާއި އެއީ ހިދުމަތެއްދޭ ކުންފުންޏަކަށް ވާތީ އެވެ. އަދި މި ސަރުކާރު އައި އިރު ވެސް ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުދާކަން ފާހަގަކުރެއްވި އެވެ.

"ފެނަކައަކީ މިކަހަލަ ޕްރޮޖެކްޓު ހިންގާ ކުންފުންޏަކަށް ނުވާތީއާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާ އަކަށްވާތީ ސަރުކާރުން ނިންމީ އެ ޕްރޮޖެކްޓުގެ މަސައްކަތް އެގޮތަށް ފެނަކައާ ހަވާލުކޮށްފަ ހުރި ހުރިހާ ކޮންޓްރެކްޓެއް ބާތިލުކުރުމަށްފަހުަގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓް ނެގޯޝިއޭޝަންއެއްގެ ތެރެއިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ." އޭނާ ވިދާޅުވި އެވެ.

އަސާސީ ހިދުމަްތައް ކޮންމެހެންވެސް ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެފަދަ މަޝްރޫއުތައް ހުއްޓާލުމަށް ނޫނީ މަޑުޖައްސާލަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އެހެންވެ، ވީހާވެސް އަވަހަކަށް އެ ކުންފުންޏާ ހަވާލުކޮށްގެން މަޝްރޫއުތައް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ފެނަކައާ ހަވާލުކޮށްފަ ހުރި 20 ރަށެއްގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"އެހެންނަމަވެސް މުޅި ޖުމްލަ ގާތްގަނޑަކަށް 20 ރަށަށް 1 ބިލިއަން ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ހުށަހަޅާފައިވާ އަންދާޒާ ތަކުގައި ހުރީ. އެހެންމަ އެގޮތަށް ކުރިއަށް ގެންދިއުމަށް އެއީ 20 ރަށުގެ މަސައްކަތް އެއް ޕްރޮޖެކްޓެއްގެއްގެ ގޮތަށް ކުރިއަށް ދާ ގޮތަށް" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެެރެއިން ކުރިއަށްނުދާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލުކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ މަޝްވަރާތައް ވެސް މިހާރު ކުރިއަށް އެބަދެ އެވެ.

https://int.etukuri.mv/
tel:+9607331319