logo

އިދިކޮޅުގެ މަގުސަދަކަށްވީ ދައުލަތް ދަވާލުން: މެމްބަރު ރިފާއު

profile

އައިމިނަތު ރޫޔާ - 13 ނޮވެމްބަރު 2024 - 13:15

އިދިކޮޅު އެމްޑީޕީން ހަރަދުބޮޑުވާނެ ގޮތްގޮތަށް ކަންކަން ކުރި މަގްސަދަކީ އެބޭފުޅުންގެ ބޭބޭފުޅުންނަށް ފައިސާ ހޯދުމާއި ދައުލަތް ދަވާލުމަށްކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދު ﷲ ރިފާއު ވިދާޅުވެއްޖެއެވެ.

"އަސްލު ޓީވީ" ގެ ބާބު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ރިފާއު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ގަބޫލުކުރަން އެމްޑީޕީގެ ބޭފުޅުންނަށް ދަތިވާނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ އެއީ އެބޭފުޅުންގެ ސަރުކާރުގައި ބަޖެޓްތައް ހުށަހަޅަމުން ދިޔައިރު، ބޮޑު ޑެފިސިޓެއް ބަޖެޓުގައި އޮންނަ ކަމަށާއި ، އަހަރުގެ ފަހުކޮޅަށް ދިޔައީމަ، އެއަށް ސަޕްލިމެންޓްރީ ބަޖެޓްވެސް ހުށަހެޅިގެން އެވެސް ފާސްކޮށްގެން ހަރަދުކޮށް ނިންމާލާ ކަމަށެވެ.

މިހާރުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ މިދިޔަ 6 އަހަރުތެރޭގައި ހުށަހެޅުނު އެންމެ ޑެފިސިޓް ކުޑަ ބަޖެޓްކަން މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މެމްބަރު ވިދާޅުވީ މިހާ ފުރިހަމަކޮށް ބަޖެޓް ތައްޔާރުކޮށްފައި އޮތުމުން، ބަޖެޓް ހުށަހެޅިގެންދާއިރު އެ ވާހަކަތައް ދައްކަން އިދިކޮޅު އެމްޑީޕީއަށް އުނދަގޫވާނެ ކަމަށާއި ރައްޔިތުންނާ ހިސާބަށް ހަގީގަތް ގެނެސްދިނުމަށް އެބޭފުޅުންނަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.

"ފެށުނީއްސުރެ އެމްޑީޕީއަކީ ރައްޔިތުންނަށް އޮޅުވާލައި މަކަރު ހަދަމުން އައި ބައެއް. އެބޭފުޅުންނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކުވެސް ރައްޔިތުންނަށް އޮޅުވާލައިގެން އައިސް ވެރިކަން ނުކުރެވިގެން ފުރަތަމަ ފަހަރު ދޫކޮށްލާފައި ދިޔައީ. ދެވަނަ ފަހަރަށް ފަސް އަހަރު ނިންމާލާފައި ދިޔައިރު އަތްނުފޯރާވަރުގެ ދަރަނިތަކެއް ގައުމުގެ ބޮލު އެޅިފައި މިއޮތީ." މެމްބަރު

މެމްބަރު ވިދާޅުވީ އެ ހުރިހާ ކަމެއްގެ ޒިންމާ ނަގަމުން އެދަނީ މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތމަ އަހަރު އެ ނިންމާލެއްވީ އެމްޑީޕީން ފާސްކޮށްފައި އޮތް ބަޖެޓަކަށް ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބާރުލާފައި ދެންމެވެސް ޖަލްސާގައި ވިދާޅުވަމުން ގެންދިޔަ، ތިމަންނާ ގެނެސްދިން ފުރިހަމަ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އެކަންކަން ހުއްޓާލައިފިއޭ. އެކަންކަން ހުއްޓާލަން ޖެހުނު ނުވަތަ އެކަންކަން މަޑުޖެހިގެން މިއުޅޭ ސަބަބު ކީއްވެގެންތޯ އެބޭފުޅާ ވިދާޅުނުވީ. ކީއްވެތީ މިއަހަރުގެ ބަޖެޓްގައި އެކަންކަން ތަންފީޒުކުރަން ފައިސާ ލައިފައި ނެތީ." މެމްބަރު ރިފާއު

މެމްބަރު ވިދާޅުވީ ނިމިދިޔަ ދައުރުގައި ރާއްޖޭގެ އާމްދަނީއާ ނުބައްދަލު 3000 އެތަކެއް މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށާއި، އެހެންނަމަވެސް މިއިން އެއްވެސް ޕްރޮޖެކްޓަކުން ރައްޔިތުންނަށް ލުއި ފަސޭހަ ނުވާނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބްރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އަންނަ އަހަރުގެ ތެރޭގައި ފަށައިގެން އަދި އެއަހަރު މިހާތަނަށް ފެށި ނިމެން ހުރި ޕްރޮޖެކްޓްތައް ނިންމަން ހުށަހަޅާ ބަޖެޓެއް ކަމަށެވެ.

މިއަހަރުގެ މިހާ ހިސާބަށް އައި އިރު، ގާތްގަނޑަކަށް 8 ބިލިއަނެއްހާ ރުފިޔާ ޕީއެސްއައިޕީ ތެރެއަށް ހަރަދުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319