logo

ބަޖެޓް ބަހުސް މިއަދަށް ނިންމާލައިފި

profile

ޝުރުފާ މުހައްމަދު - 13 ނޮވެމްބަރު 2024 - 17:40

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަހުސް މިއަދަށް ނިންމާލައިފި އެވެ.

މި ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް ކަމަށްވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކޮށްފައިވަނީ ބަޖެޓާ ގުޅޭ ބަހުސްގެ މަސައްކަތެވެ.

ބަހުސް ފެށުމުގެ ކުރިން މިއަދު ވަނީ އެ ބަހުސްގައި ވާހަކަދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުން ވާހަކަދައްކަވާ ނިމެންދެން މިރޭ 11 އާ ހަމައަށް ވަގުތު އިތުރު ކުރުމަށާއި، މާދަމާ ވެސް ވާހަކަދައްކަން ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ދިނުމާއި މެދު ވޯޓަކަށް އަހާފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރެއާ ހަމައަށް ވަގުތު ދަންމާލަން ހުށަހެޅީ ހުސް ވަގުތައް ތަންދެމުން ބަޖެޓު ބަހުސްގައި ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެކަމަކު މިއަދު މެންދުރު ފަހު މަޖިލީހުގެ ޖަލްސާ ނިންމާލީ ވާހަކަދެއްކުމުގެ ފުރުސަތަކަށް އިތުރު މެމްބަރަކު އެދިވަޑައިގެންފައި ނުވާތީ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، ބަޖެޓާއި މެދު މެމްބަރުންގެ މެދުގައި ކުރާ ބަހުސް ފަށާފައި ވަނީ އިއްޔެ އެވެ. އެކަމަކު ބަޖެޓް ބަހުސް ފެށުނު އިރު މެމްބަރުންނަށް ބަޖެޓް ފޮތް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާތީ، އިއްޔެ ގިނަ މެމްބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އިއްޔެގެ ބަހުސް ވަނީ ގާތްގަނޑަކަށް ދޮޅު ގަޑި އިރެއްހާއިރު ތެރޭގައި ނިމިފަ އެވެ.

https://wamco.com.mv/
tel:+9607331319