logo

އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ ބިލްގެ މަޝްވަރާއަށް އިދާރާތައް ހާޒިރުކުރަނީ

profile

މުޙައްމަދު ހަފީޒް - 21 ނޮވެމްބަރު 2024 - 12:54

ރާއްޖޭގައި އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލާގައި ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރަން ހުށަހަޅާފައިވެއެވެ. އަދި އޭގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ ، ޓޫރިޒަމް މިނިސްޓްރީ ، އިމިގްރޭޝަން އަދި މަޓީ އާއި އެހެނިހެން އެންޖީއޯތަކާ ބައްދަލު ކުރަން ވަނީ ނިންމާވައެވެ.

އެ މައުލޫމާތުތައް ހޯދައި ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރުމަށް ނެގި ވޯޓު ފާސްވީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.

އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މިދިޔަ މޭ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ އަމާޒު ވެފައެވެ.

އެ ކޮމިޓީން އަންދާޒާ ކުރަނީ އެ މައްސަލަ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.

https://int.etukuri.mv/
tel:+9607331319