logo

ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި

profile

އައިޝަތު އިނާޝާ - 05 ސެޕްޓެމްބަރު 2024 - 11:08

ފޮޓޯ: އެމްވީކްރައިސެސް

ފޮޓޯ: އެމްވީކްރައިސެސް

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްމެޗުން ބުނެފިއެވެ.

ރޭ 00:53 ހާއިރު، ބޮޑުތަކުރުފާނު މަގުގައި ކޮލެމާ ހިނގުން ގުޅޭ ކަންމަތީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެކިވަރުގެ ޒަހަމްތައް ލިބިގެން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފޮޓޯ: އެމްވީކްރައިސެސް

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަސްލުޓީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އޭނާ އަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް ފުލުހުން ވެސް އަދި އައިޖީއެމްއެޗުން ވެސް މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

tel:+9607331319