
ސީއެސްޕީ ދާއޫދު އޭސީޕީ ރޭންކަށް ޕްރޮމޯޓްކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 ސެޕްޓެމްބަރު 2024 - 11:30
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ސީއެސްޕީ) މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ)ގެ ރޭންކަށް ޕްރޮމޯޓްކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުގައި 28 އަހަރު ހޭދަކުރައްވާފައިވާ އޭސީޕީ ދާއޫދަށް ޕްރޮމޯޝަންގެ ލެޓަރ ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.
އޭސީޕީ ދާއޫދުވަނީ މީގެ ކުރިން، ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭސީޕީ ދާއޫދަކީ ހުޅުމާލޭ ފޮލިސް ސްޓޭޝަން ހެޑްވެސްމެއެވެ.
އޭސީޕީގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ފުލުހުންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމުހޫރިއްޔާއެވެ.
ދާއޫދު، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކޮށްފައިވާއިރު ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވެސް މިދިޔަ ޖޫން މަހު ވަނީ އޭސީޕީ ރޭންކަށް ޕްރޮމޯޓްކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން