logo

ދަރިންނަށް ޖިންސީގޯނާ ކުރި ބައްޕަގެ ބަންދަށް 30 ދުވަސް

profile

ޝުރުފާ މުހަންމަދު - 16 ސެޕްޓެމްބަރު 2024 - 15:45

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ދެ ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ބައްޕަގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރު ކުރީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅި މި މައްސަލާގައި އަމިއްލަ ދެ ދަރިންނާއި، ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.

މި މައްސަލާގައި ކޯޓަށް ހާޒިރުކުރުމުން އޭނާ އަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކުރިއިރު، އިއްޔެ ވެސް ވަނީ އުތުރުގެ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައެވެ.

tel:+9607331319