logo

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތް: ފުލުހުން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 ސެޕްޓެމްބަރު 2024 - 11:14

މަރުވެފައި މީހަކު އޮތް އިމާރާތުގައި ފުލުހުން ހަރަކާތެރިވަނީ

މަރުވެފައި މީހަކު އޮތް އިމާރާތުގައި ފުލުހުން ހަރަކާތެރިވަނީ

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެއްގައި ފުލުހުން ބުނީ، މަރުވެފަ އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ އަހުމަދު ފަޔާޒް، މ. ނަލަހިޔާ މަންޒިލް ކަމަށެވެ.

އެ ގޭގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:33 ހާއިރުއެވެ.

މިކަމުގައި ތުހުމަތު ކުރެވޭ ފަދަ ކަމެއް ނެތްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

tel:+9607331319