ހުޅުމާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖުގައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރީ މިއަދު 18:30 އެހާކަންހާއިރު ކަމަށާއި، އެވަގުތު ހަމަލާދޭން އުޅުނު މީހާގެ ފަހަތުން ދުވަން މަސައްކަތް ކުރި ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުން ކޮށްގެން ހަމަލާ ދިނުމަށް މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.