logo

ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއަރ ސްކީމް، ޕްރައިވެޓް އިންޝުއަރެންސަކަށް ބަދަލުކުރަން ނިންމައިފި

profile

މަރްޔަމް ލީމް އަބޫބަކުރު - 12 ނޮވެމްބަރު 2024 - 15:57

ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއަރ ސްކީމް، ޕްރައިވެޓް އިންޝުއަރެންސަކަށް އަންނަ އަހަރު ކުރީކޮޅު ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއަރ ސްކީމް، ޕްރައިވެޓް އިންޝުއަރެންސް ގެ ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ، ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއަރ ސްކީމްގެ ޚަރަދުތައް އާދަޔާ ޙިލާފަށް ބޮޑުވުމުގެ ސަބަބުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފްސީލްތަކުގައިވާ ގޮތުން މެޑިކަލް ވެލްފެއަރ ސްކީމް އޮތް ގޮތުން ބޮޑު ޚަރަދެއް ހިނގައެވެ. މި އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓުން ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ވަނީ 322 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އެހެންވެ، ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއަރ ސްކީމް، ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖަކަށް ހަމަޖައްސައި، ދައުލަތުން ހޭދަކުރަންޖެހޭ އަދަދު ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުއެވެ.

އަދި ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށް ފަހު، އާސަންދަ ނިޒާމުގެ ތެރެއިން ވެސް ސިއްހީ ފަރުވާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

https://wamco.com.mv/
tel:+9607331319