މާލެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ޝުރުފާ މުހައްމަދު - 17 ސެޕްޓެމްބަރު 2024 - 20:10
މަރުވެފައި މީހަކު އޮތް އިމާރާތުގައި ފުލުހުން ހަރަކާތެރިވަނީ——
މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި ފެނިފައި ވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ މަރުވެފައި އޮތް ކަމުގެ މައުލޫމަތު ލިބިގެން މާފަންނު އީވް ކްލިނިކް ގޯޅީގައި ހުންނަ އިމާރާތެއްގައި ފުލުހުން ހަރަކާތްތެރިވާން ފެށީ މިރޭ 12:30 ހާއިރު އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.