logo

އޭޖީން ކޯޓަށް ހާޒިރުނުވުމުން ދައުލަތަށް 1 ލައްކަ ރުފިޔާ ގެއްލިއްޖެ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 އޯގަސްޓު 2024 - 21:58

ސިވިލް ކޯޓު

ސިވިލް ކޯޓު

ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 100،000 ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ)ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް އެ ކޯޓުން ހާޒިރުނުވުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

މި މައްސަލައަކީ ޅ. ނައިފަރު/ ހިރުގަސްދޮށުގެ މަހުމޫދު އަބްދުﷲ ގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެއް ސާބިތުވެ ޖޫރިމަނާގެ ގޮތުގައި ދައްކަން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކުރި 100،000 ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މި މައްސަަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހުގެ 11:30 އަށް ތާވަލުކޮށް ހާޒިރުވާން އެންގި ނަމަވެސް އޭޖީ އޮފީހުން އެ އަޑުއެހުމަށް ހާޒިރުވެފަ އެއް ނުވެއެވެ.

ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، އަމިއްލަ ބާރު ނުފޯރާ އަދި ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫނީ އަމުރުގައި ބުނާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެ ދައުވާ ފޯމު ބާތިލުކުރުމުގެ ބާރު ކޯޓަށް އޮންނަކަން ފާހަގަަކޮށް ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އޭޖީ އޮފީހުގެ ދައުވާ ފޯމު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ.

tel:+9607331319