logo
—

އެންޑީއޭ ރީބްރޭންޑް ކުރަނީ

profile

އަހުމަދު ޒަލީފު - 03 ޖުލައި 2023 - 11:33

ނެޝަނަލް ޑްރަގް އެޖެންސީ އެންޑީއޭ) ރިބްރޭންޑްކޮށް މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަން ނިންމާފައިވާ ކަމަށް އެތަނުގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެންޑީއޭ އަކީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދީ އެ މީހުން އަލުން މުޖުތަމައި ނެރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ އިދާރާ އެވެ. އެތަނުގެ ދަށުން އަތޮޅު ތެރޭގައި ވެސް ސެންޓަރުތައް ހިންގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އާ ސީއީއޯއަކަށް ސ. މަރަދޫފޭދޫ، އެވަރެސްޓް، އިމާދު ސޯލިހް އައްޔަންކޮށްފައިވަނީ ދާދި ފަހުންނެވެ.

އިމާދު ސޯލިހަކީ ވިލާ ކޮލެޖުން މާސްޓާ އޮރް ޝަރީއާ އެންޑް ލޯ، މެލޭޝިއާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވާސިޓީ އޮތް ނޮޓިންގހަމް އިން މާސްޓާޒް އިން އެޑިއުކޭޝަނަލް މެނޭޖްމެންޓް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

އެންޑީއޭގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ހަރުދަނާކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަލަތަކަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާއަށްވުމެވެ.

އެންޑީއޭ އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay