
89 މަސްވެރިއަކަށް ބީއެމްއެލްގެ ލޯނު ދީފި

ރިޟްވާން މޫސާ - 07 މާރިޗު 2026 - 09:04
މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ލޯނު ދޫކޮށް ފައި ވަނީ ހަމަ އެކަނި މަސްވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި އެވެ.
މަސްވެރިންނަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލްއާއި ފިޝަރީސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28ވަނަ ދުވަހެވެ.
ބީއެމްއެލުން ބުނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން ކްރެޑިޓް ކާޑުގެ އިތުރުން، ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނެގޭނެއެވެ.
މަސްވެރިންގެ ދަފްތަރާއި ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ ދަފްތަރުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހައި ފަރާތަކަށްވެސް ބައިވެރި ވެވޭނެ ކަމަށެވެ.
ރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ މަސްވެރިކަމުގެ ތެރޭގައި ދޮށީގެ މަސްވެރިކަން، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ އިތުރުން، ފާނަ އާއި އިހީގެ މަސްވެރިކަމާއި، ހުއިފި ލަނޑާގެ މަސްވެރިކަމުގެ މަސައްކަތްތައްވެސް ހިމެނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވ.ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ހޯދަނީ
2 ގަޑިއިރު ކުރިން

އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް
4 ގަޑިއިރު ކުރިން

އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)