logo

ވ.ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ހޯދަނީ

profile

ރިޟްވާން މޫސާ - 19 މާރިޗު 2026 - 22:13

ވ.ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ

https://wamco.com.mv/

މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ މިރޭ މެންދަމު 02:30 ހާ ކަންހާއިރުގަ އެވެ.

މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ އެ ލޯންޗުން ފަސް މީހަކު ދަތުރު ކުރި ކަމަށެވެ. ނަމަވެސް ލޯންޗު ބަންޑުން ޖަހާލައިގެން ދެ މީހަކު ހޯދުމަށް މިވަގުތު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މި ކަމާއި ގުޅިގެން އަދި މިހާތަނަކަށް އެމްއެންޑީއެފްގެ ބަހެއް ނުލިބެ އެވެ. އަދި އަނިޔާވި ތިން މީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

... އިތުރު ތަފްސީލް އަންނަނީ .......

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk