
2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 19 މާރިޗު 2026 - 18:43
2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި އެވެ
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 58 އަހަރުގެ ސަލްދިން ވަލިމޮހްމަދް ރުއްފިންއެވެ.
އައްޑޫ ސިޓީ އަށް ވައިގެ މަގުން 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ އިންޓަރނޭޝެނަލް އެއާޕޯޓުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މިމަހުގެ 17 ވަނަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރާ މައްސަލަ ދަނީ ތުރުވަމުންނެވެ.
އައްޑީ ސިޓީން ހައްޔަރު ކުރި މި މީހާގެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި
2 ގަޑިއިރު ކުރިން

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ
5 ގަޑިއިރު ކުރިން

އީދު އުފާ ކުރިމަތިވާއިރު, މުސްލިމުންނަށް ގަދަރާއި ހައިބަތު ދެއްވުމަށް ރައީސް އެދިވަޑައިގެންފި
5 ގަޑިއިރު ކުރިން

ނައިބު ރައީސް ތިނަދޫ ސިޓީގައި ދޮރުން ދޮރަށް ހިންގަވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)