logo

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި

profile

ރިޟްވާން މޫސާ - 19 މާރިޗު 2026 - 18:44

އަންނަ މަހު ބާއްވާ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

https://wamco.com.mv/

މިދިޔަ ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނާ އިންވެގެން ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސްލިސްޓުގައި ސޮއިކުރުން ވަނީ މެދުކަނޑާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 17ވަނަ ދުވަހުއެވެ. އެ ފުރުޞަތު މިއަދުގެ ނިޔަލަށް ކުރިން އޮތީ ހަމަވާ ގޮތަށެވެ.

ވޯޓާސް ލިސްޓުގައި އަލުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފެށީ ހުރިހާ މަސައްކަތެއް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމަށްފަހު މިއަދު ހެނދުނުއެވެ. އެހެންކަމުން އިތުރު އެއް ދުވަހުގެ މުއްދަތެއް ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނީ މާޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 ގެ ނިޔަލަށް ކަމަށެވެ.

އަދި މާދަމާއަކީ ޢީދު ދުވަސް ކަމަށްވާތީ އެ ދުވަހު ސޮއިކުރުން ކުރިއަށް ނުދާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk