logo

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ

profile

މުޙައްމަދު ފަޟްލޫން - 19 މާރިޗު 2026 - 15:25

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ބާއްވާ އީދު ހަވީރު 1447 ގައި ހިމެނޭ ސްޓޯލްތައް މާލެ ސަރަހައްދުގެ ހަތަރު ދިމާލެއްގައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފްގެ ސްޓޯލްތައް ހުންނާނީ ވިލިމާލެ ބޯޅަ ދަނޑު، މާލޭގެ ޖުމްހޫރީ މައިދާން، ހުޅުމާލެ 1 ގެ ސެންޓްރަލް ޕާކް އަދި ހުޅުމާލެ 2 ގެ ހިޔާ ސަރަހައްދުގައެވެ.

ހަވީރު އޮންނަ ހަވީރުގައި ބައިވެރިވުމަށް ހުރިހާ ކުޑަކުދިންނަށް އެމްއެންޑީއެފުން އެދެއެވެ.

ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ވެސް މާލެ ސަރަހައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި އީދު ތިން ދުވަހަށް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ.

މިއަހަރުގެ ފިތުރު އީދު މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުވެސް ސިޓީސް މިނިސްޓްރީ އިން އީދަށް މާލޭގެ މަގުތައް ދިއްލަން ވަނީ ހަމަޖެހިފައެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމާއި އީދުގެކުޅިވަރުތައް މާދަމާ ހަވީރު މާލޭގައި ކުރިއަށްދާނެއެވެ. މި ކުޅިވަރުތައް ރައީސް ގެ ދެކަނބަލުން ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk