logo

ނައިބު ރައީސް ތިނަދޫ ސިޓީގައި ދޮރުން ދޮރަށް ހިންގަވައިފި

profile

މުޙައްމަދު ފަޟްލޫން - 19 މާރިޗު 2026 - 14:27

ޕީއެންސީން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުހައްމަދު ލަތީފް ބައިވެރިވަޑައިގެން ، ތިނަދޫގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

https://wamco.com.mv/

މިހަރަކާތަކީ އަންނަމަހު 4ގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބުތަކުގެ ކެމްޕޭނަށް ޕީއެންސީގެ ފަރާތުން ހިންގި ހަރަކާތެކެވެ.

ނައިބު ރައީސްގެ އިތުރުން ތިނަދޫއަށް ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ، އެޕާޓީއިން ތިނަދޫ ސިޓީގައި މޭޔަރުކަމަށާއި ކައުންސިލުން މެންބަރު ކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް މިހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނައިބު ރައީސްވަނީ ރައްޔިތުންނާއި ބައްދަލުކުރައްވައި އިންތިހާބާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ .

އަންނަމަހު ބާއްވަން ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk