logo

އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް

profile

ރިޟްވާން މޫސާ - 19 މާރިޗު 2026 - 18:42

ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ޚިދުމަތް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފިއެވެ.

https://wamco.com.mv/

މި ބަދަލަކީ މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތިންވަނަ ފިޔަވަހި ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ގެނެވޭ ބަދަލަކެވެ.

މީގެ ކުރިން ވަނީ މާލޭގެ އެއް ނަމްބަރު ފާލަމުން ފެށިގެން ހުޅުމާލޭ ފެރީ ޓާރމިނަލް ސަރަހައްދުގައި ފަޅުގައި އަޅާފައިވާ އެކިއެކި އޮޑި ދޯނިފަހަރާއި ލޯންޗް ކފަދަ ތަކެތި އެސަރަހައްދުން ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމާފަ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަކީ މާލޭގައި ފަސޭހައިން ދުއްވާ އުޅަނދު ފަހަރު ދުއްވޭނެ އަދި މަގުތަކުގައި ހިތްފަސޭހަ ކަން ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓެކެވެ.

މީގެ ކުރިން ވަނީ އެއް ނަމްބަރު ޖެޓީން ފެށިގެން މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު އަލުން ޑިޒައިންކޮށް މަގު ފުޅާކުރުމަށްފަހު އެ ސަރަހައްދު ހުޅުވާފަ އެވެ. އެއީ މަގު ހެދުމުގެ ފުރަތަމަ ފިޔަވައްސެވެ.

މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެ ނޯތު ހާބަރަ ސަރަހައްދުގައި ވެސް ވަނީ މަގު ފުޅާކޮށް އަލުން ބަނދަރު ތަރައްގީކޮށްފަ އެވެ. އެއީ މަގު ހެދުމުގެ ދެވަނަ ސެގްމެންޓެވެ.

ތިންވަނަ ސެގުމެންޓުގެ މަސައްކަތަކީ ޖެޓީ ނަމްބަރު އެކަކުން ފެށިގެން ހުޅުމާލޭގެ ޓާރމިނަލް އާއި ހަމައަށް މަގު ފުޅާކޮށް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުމެވެ.

އެމްޓީސީސީއިން ވިދާޅުވީ އަންނަ ހޯމައިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލް މެދުވެރިކޮށް ލަފާފުރާގޮތަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ 1650އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk