logo

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި

profile

ރިޟްވާން މޫސާ - 18 މާރިޗު 2026 - 18:33

މާފަންނު ތޮއިބާ މިސްކިތް ސަރަހައްދުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އާޢި ގުޅިގެ އެސަރަހައްދު ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި އެވެ

https://wamco.com.mv/

މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިންނާއި، ފުލުހންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުޔން މިވަގުތުވެސް ވަނީ އެސަރަހައްދަށް ޖަމާވެފަ އެވެ.

މި ހާދިސާގައި މިގާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފދުވެފައިނުވާއިރު ރޯވި ގުދަން ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭވަރަށް އަދައި ހުލިވެފަ އެވެ.

ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާއިރު މިހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 21:30 ހާއިރު ކަމަށް ބެލެވެ އެވެ.

ސްޓެލްކޯއިން މިރޭ ބުނީ، މާފަންނު ތޮއިބާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk