
ވަގު އެމްސީއެއް ހުށައެޅި ކެބިންކުރޫ ވަޒީފައިން ވަކިކުރީ ރަގަޅަށް ކަމަށް ކަނޑައަޅައިފި

ރިޟްވާން މޫސާ - 18 މާރިޗު 2026 - 07:07
ފޯޖުކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅި ޓީއެމްއޭގެ ކެބިންކްރޫއެއް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މި މައްސަލަ އަކީ 2024 ވަނަ އަހަރުގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް- ޓީއެމްއޭގެ ކެބިން ކުރޫ އެއްގެ ގޮތުގައި މަސައްކަތް ކުރާ މުއައްޒަފެއް މެޑިކަލް ސެޓްފިކެޓް ހުށައެޅުމަށްޓަކައި ފޯޖުކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށައެޅި މައްސަލަ އެކެވެ.
މި މައްސަލައިގައި ޓީއެމްއޭ އިން އެންމެ ފުރަތަމަ ވަނީ އެ މުއައްޒަފު ވަޒީފާ އިން އެކަހެރިކޮށް ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ފަހުން އެ މުއައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ވަޒީފާއިނ ްވަކިކުރީ ގާނޫނާ ޙިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، މުސާރަ އާއި އިނާޔަތްތަކުގެ ބަދަލު ހޯދުމަށް އެ ކެބިން ކުރޫ ވަނީ ވަޒީފާ އާއި ބެހޭ ޓްރައިބިނަލަށް ހުށައަޅާފަ އެވެ.
ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތަތީ އޭނާއަށް ބަދަލު ނަގައި ނުދެވޭނެ ކަމަށް ކަނޑައަޅައިފައެވެ.
ޓްރައިބިއުނަލުން މި މައްސަލަ އަށް ގޮތެއް ނިންމާފައި ވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ވެސް އަވަހާރަކޮށްލައިފި
ގަޑިއިރެއް ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ސިނަމާލެ ބްރިޖް މަތިން އަނެއްކާވެސް ބޮޑު އެސިޑެންޓެއް!
7 ގަޑިއިރު ކުރިން

މ. ދިއްގަރުގައި ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް ފަށައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)