
މ. ދިއްގަރުގައި ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 18 މާރިޗު 2026 - 07:06
އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މ. ދިއްގަރުގައި ހައުސިން ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ސަރުކާރު ކުންފުނި އެމްޓީސީސީ އާ ހަވާލުކޮށްގެން ދިއްގަރުގައި އަޅަން ހަމަޖެހިފައިވަނީ 75 ހައުސިން ޔުނިޓެކެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަސައްކަތުގައި މިހާރު ވަނީ އެ ސަރަހައްދުގެ ބިން ކޮނެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްވެސް ފަށާފަ އެވެ.
މި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 420 ދުވަހުގެ މުއްދަތެކެވެ.މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ 117 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގުޅުން ހުރި ޙަބަރުތައް
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ސިނަމާލެ ބްރިޖް މަތިން އަނެއްކާވެސް ބޮޑު އެސިޑެންޓެއް!
6 ގަޑިއިރު ކުރިން

ވަގު އެމްސީއެއް ހުށައެޅި ކެބިންކުރޫ ވަޒީފައިން ވަކިކުރީ ރަގަޅަށް ކަމަށް ކަނޑައަޅައިފި
13 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އިލެކްޓްރިކް އުޅަނދުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަން ފަށައިފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)