logo

އިލެކްޓްރިކް އުޅަނދުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަން ފަށައިފި

profile

ރިޟްވާން މޫސާ - 18 މާރިޗު 2026 - 07:05

"އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހާއެކު އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކުރަން ފަށައިފި އެވެ

https://wamco.com.mv/

އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު އަށް ގެނައި އާ އިސްލާހާއެކު އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކުރަން އިއްޔެ ފަށާފައިވާއިރު ނަމްބަރު ބޯޑު ހަރުކުރުމަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފަ އެވެ

އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ފެހި ކުލައިގެ ބޯޑަށް ބަދަލުކުރުމަށް، އަންގައި މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު މި އިސްލާހު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވުނީ އިއްޔެ އެވެ.

މި އިސްލާހުގެ ދަށުން، އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ ފެހި ކުލައިގެ ނަންބަރު ބޯޑެވެ. މިއީ މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނައި ބަދަލެކެވެ.

ޓްރާންޕޯޓް މިނިސްޓްރީން ބުނީ މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk