logo

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ވެސް އަވަހާރަކޮށްލައިފި

profile

ރިޟްވާން މޫސާ - 18 މާރިޗު 2026 - 20:41

އިސްރާއީލުން ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބު، އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރޭގެ ވަގުތެއްގައި އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް ދިން މި ޙަމަލާއަކީ، މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން އީރާނުގެ އެންމެ އިސް ސަފުގެ ވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ޙަމަލާއެވެ.

އިސްމާޢީލް ޚަތީބު އަވަހާރަކޮށްލި ކަމަށް ބުނާ ޙަމަލާއަކީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން އީރާނުގެ އިސް ވެރިންނަށް އަމާޒުކޮށް ދިން ތިންވަނަ ވަރުގަދަ ޙަމަލާއެވެ.

އަންގާރަ ދުވަހު އިސްރާއީލުން ދިން ވައިގެ ޙަމަލާތަކެއްގައި، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލަރިޖާނީ އާއި ބާސިޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރިޒާ ސުލައިމާނީ ވަނީ އަވަހާރަކޮށްލާފައެވެ.

ޚަތީބަކީ 2022 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންނާ ދެކޮޅަށް ސައިބާ ޖާސޫސުކުރުމާއި ރެންސަމްވެއާ ޙަމަލާތައް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk