
އަލިފާނުގެ ހާދިސާގައި އަންހެން ފުލުހަކަށް އަނިޔާވެއްޖެ

ރިޟްވާން މޫސާ - 18 މާރިޗު 2026 - 10:44
މާލޭ ގަލޮޅުގައި ހުރި ގެއެއްގައި އަލިފާން ރޯވި ހާދިސާގައި އަންހެން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ
އަލިފާން ރޯވެފައި ވަނީ ގ.ހިޔާރޯދިގޭ ފުރަތަމަ ފަންގިފިލާގަ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މީޑިޔާ އަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަދި މިހާތަނަށް އިތުރު މީހަކަށް އަނިޔާވީ ކަމެއް ސާފެއް ނުވެ އެވެ. އަދި އަލިފާނުގެ ހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްވެސް އަދި ސާފެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަލިފާނުގެ ހާދިސާތައް ގިނަވުން، މިފަހަރުވެސް ރޯވީ ކެމިކަލް ގުދަނެއްގައި!
ގަޑިއިރެއް ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި
ގަޑިއިރެއް ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި
3 ގަޑިއިރު ކުރިން

ޕްރައިމް ގޯޑައުންގައި ރޯވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)