އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 20:42
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފިއެވެ.
އިލެކްޝަނުން ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތައް މެދުކަނޑާލާފައިވާކަމަށެވެ.
ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް އިން ބުނީ ގުދަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށެވެ.
މިއަދުން ފެށިގެން ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަހުން ބުނެފައެވެ.
ރޭ މާލޭގެ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދާފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގި އިމާރާތްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކްކޮށްފައިހުރި ބައެއް ސައިކަލާއި އެއްގަމު އުޅަނދުތަކަށް ވަނީ ގެއްލުން ލިބިފައެވެ.
ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވީ ނަމަވެސް އެ ސަރައްދުން އަދިވެސް ދުމުގެ އަސަރުކުރާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެ ސަރަހައްދަށް އާއްމުން ނުދިއުމަށާއި، އެ ސަރައްދުން ހިނގާބިނގާވެ އަދި ދަތުރުކުރާއިރު މާސްކް ބޭނުންކުރަން އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަލިފާނުގެ ހާދިސާތައް ގިނަވުން، މިފަހަރުވެސް ރޯވީ ކެމިކަލް ގުދަނެއްގައި!
2 ގަޑިއިރު ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި
5 ގަޑިއިރު ކުރިން

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ: އިސްލާމިކް މިނިސްޓްރީ
6 ގަޑިއިރު ކުރިން

ޕްރައިމް ގޯޑައުންގައި ރޯވެއްޖެ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)