
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ: އިސްލާމިކް މިނިސްޓްރީ

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 17:03
ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް އަދިވެސް ހަމަޖެހިފައިވާކަން ފާހަގަކޮށް، މިހާތަނަށް ޒަކާތް ނުދައްކަވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޒަކާތް ދެއްކުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އިލްތިމާސްކޮށްފިއެވެ.
މިހާރު އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އާއި ފަހި ޕޭ މެދުވެރިކޮށެވެ. ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް މި ދެ ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ 15 ދުވަހު 5,482,171 ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ ތިން އަހަރުގެ މި މުއްދަތުގައި ލިބުނު މިންވަރަށްވުރެ އިތުރު އަދަދެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4,460,199 ރުފިޔާއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން، އާންމުންނަށް ލުއިފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް މިއަހަރުވެސް ވަނީ ފުރިހަމައަށް ގާއިމުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕްރައިމް ގޯޑައުންގައި ރޯވެއްޖެ
3 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާ އަށް ފިތުރު އީދު ދުވަހަކީ އަންނަ ހުކުރުދުވަސް
4 ގަޑިއިރު ކުރިން

ފިތުރު އީދު ދުވަހަކީ މާޗް މަހުގެ 20 ވަނަ ދުވަސް: އިސްލާމިކް މިނިސްޓްރީ
4 ގަޑިއިރު ކުރިން

މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ނުކުރަން މިފްކޯއިން ނިންމައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)