
ސައުދީ އަރަބިއްޔާ އަށް ފިތުރު އީދު ދުވަހަކީ އަންނަ ހުކުރުދުވަސް

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 15:50
ސައުދީ އަރަބިއްޔާއަށް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސްކަމުގައި އެގައުމުން ކަނޑައަޅައިފިއެވެ.
ސައުދީގެ ކަމާގުޅޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ސަޢުދީޢަރަބިއްޔާގެ އެއްވެސް ހިސާބަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފަހު ދުވަސް ކަމުގައި ވަނީ ނިންމާފައެވެ.
ސަޢުދީ އަރަބިއްޔާގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު ކުރުމާއި ޢީދުގެ މުނާސަބަތު ފާހަގަކުރުން އޮންނާނީ 20 މާޗް ވާ ހުކުރު ދުވަހުގައެވެ.
ފިތުރު އީދަކީ ރަމަޟާން މަސް ނިމުމުގެ ގޮތުން ފާހަގަކުރާ މުނާސަބަތެކެވެ.






.gif&w=3840&q=75)