logo

އަލިފާނުގެ ހާދިސާތައް ގިނަވުން، މިފަހަރުވެސް ރޯވީ ކެމިކަލް ގުދަނެއްގައި!

profile

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 20:43

ފާއިތުވެދިޔަ ހަފްތާއިން ފެށިގެން އިވެމުންދަނީ ހިތާމަވެރި ހާދިސާތައް ހިނގައި އެކިވަރުގެ އަނިޔާތައް ލިބެމުންދާ އަޑުތަކެވެ.

https://wamco.com.mv/

އަލިފާނުގެ ހާދިސާތައް ހިނގަމުންދާ މި ދަނޑިވަޅުގައި ރޭގައި މާލޭގައި މިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

ރޭ އިރާކޮޅު ހިނގި މި ހާދިސާގައި ރޯވީ ކެމިކަލް ގުދަނެއްގައެވެ.

ހަނދާނަށް އަންނަނީ މީގެ އަހަރުތަކެއް ކުރިންވެސް މާލޭގައި ހަމަ ރޭގަނޑެއްގައި ކެމިކަލް ގުދަނެއްގައި ރޯވި ހިތާމަވެރި ހާދިސާގެ މަތިންނެވެ. އެ ހާދިސާގައިވެސް ކައިރީގައި ދިރިއުޅުނު އާއްމު ރައްޔިތުންގެ ތެރެއިން ބައެއް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކޮށްފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ބުނެ އެތަންތަން ތިލަފުއްޓަށް ބަދަލުކުރަން އަތުކުރި އޮޅާލިއެވެ. ނަމަވެސް ހިތާމައަކީ މިއަދުވެސް އަދިވެސް މަދުން ނަމަވެސް ކެމިކަލް ގުދަންތައް މާލޭގައި އާއްމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ކަމެވެ.

ހާދިސާއެއް ހިނގާނީ ކޮންއިރަކު ކޮން ވަގުތަކު ކަން ނޭނގުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަކީ ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް ކެމިކަލް އާއި ޕެޓްރޯލް އަދި ޑީސަލް ފަދަ ފަސޭހައިން ހުޅުހިފާ އަދި ގޮވާތަކެތި އެކަހެރިކޮށްފައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެކެވެ.

މިއަދު މަދުން ނަމަވެސް ކެމިކަލާއި ޕެޓްރޯލް އަދި ޑީސަލް ފަދަ ތަކެތި މީހުން ދިރިއުޅޭ ތަންތަނުގައި ގެންގުޅުމަކީ ނުރައްކާތެރި ކަމެއްކަން މިދަނީ ފެންނަމުންނެވެ.

އަލިފާނުގެ ކޮންމެ ހާދިސާއެއް ހިނގާއިރު އެ ހާދިސާއެއްގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން އެތަކެއް ބަޔަކަށް ފޯރައެވެ.

ސަމާލުކަން ދޭންޖެހެނީ ރައްކާތެރިކަމާއެކު ކެމިކަލް ގެންގުޅުމާއި އެފަދަ ކަންކަން ކުރުމަށް ސިނާއީ ސަރަހައްދެއް ކަނޑައަޅައިގެން އެފަދަ ތަންތަނުގައި ވަރަށް ބޮޑަށް ސަމާލުކަންދީގެން މަސައްކަތްތައް ކުރުމަށެވެ.

އަލިފާނުގެ ހާދިސާ އިން ރައްކާތެރިވުމަށް އަލިފާން ނިވާ އާލަތްތައް ފަސޭހައިން ލިބޭނެ ގޮތް ހޯދިފައި ހުންނަންވާނެއެވެ. އަދި އަލިފާނުގެ ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ބެލެވޭ ހުރިހާ ކަމަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަކީ ވެސް ނުހަނު ބޭނުންތެރިކަމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk